މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ރަމަޟާން މަހުގެ ރޭތައް އިޚްޔާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިޚްޔާ ފޯރަމްގައި މިރޭ ވާހަކަދައްކަވާނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ކުރީގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖްލިސްގެ ރައީސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފިއެވެ.
އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއުއަކީ “ރަމަޟާން މަހާއި ކީރިތި ޤުރުއާން” އެވެ.
ރަމަޟާން މަހުގެ ކޮންމެ ބުރާސްފަތި އަދި އާދީއްތަ ދުވަހުގެރޭ ކުރިއަށް ގެންދާ އިޚްޔާ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމް ގައެވެ.
މާދަމާރޭގެ ފޯރަމްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:15 ގައި ކަމަށާއި މިފޯރަމްވެސް ޓީވީއެމްއިން ވަގުތުން ދައްކާނެ ކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.
މިފޯރަމް އަކީ 1436 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަސްވަނަ އިޚްޔާ ފޯރަމްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...