ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީންނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން 24 ގަޑިއިރު ގުޅޭ ހެލްޕް ލައިނެއް ރާއްޖޭގައި ހުންނަ ބަންގުލަދޭޝްގެ ހައިކޮމިޝަނުން ގާއިމްކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބަންގުލަދޭޝްގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ ބަންގުލަދޭޝްގެ ހައިކޮމިޝަނުން ގާއިމްކޮށްފައިވާ ނަމްބަރަކީ 3320859 ކަމަށެވެ.
އަދި އެ ނަމްބަރުން 24 ގަޑިއިރުގެ ހިދުމަތް ލިބޭނެ ކަމަށާއި ދިމާވަ ކަންކަމުގައި ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝްގެ ރައްޔިތުން އެ ނަމްބަރަށް ގުޅުމަށް ވެސް ހައިކޮމިޝަނުން ވަނީ އެދިފަ އެވެ.
ބަންގުލަދޭޝް ނޫސްތަކުގައި ބުނެފައިވަނީ އެ ގައުމުގެ މީހުންނަށް ހަމަލާދޭ މައްސަލަ ބަންގުލަދޭޝް ހައިކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...