އެއްޖިންސުން ކައިވެނި ކުރާ މީހުންނާއި ދެކޮޅަށް ރާއްޖޭން ވޯޓު ނުދިން މައްސަލަ ޢަދާލަތު ޕާޓީން ކުށްވެރި ކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ޖިންސުން ކައިވެނި ކުރާ މުވައްޒަފުންނަށް އދ. އިން އިނާޔަތްތައް ދިނުމާއި ދެކޮޅަށް ހުށަހެޅި ގަރާރަކަށް ރާއްޖެ އިން ވޯޓް ނުދިނުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
މިވޯޓާއި ގުޅިގެން އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އިއާދު ހަމީދު ވީނިއުސްގައި ވިދާޅުވެވައި ވަނީ ދިވެހި ސަރުކާރުން ބައިނަލް އަގްވާމީ މުޖުތަމައަށް އެ ދިން މެސެޖުން އަންގައިދެނީ އެއް ޖިންސުން ކައިވެނިކުރަން ބޭނުންވާ އދ.ގެ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ދިވެހިން ދެކޮޅު ނޫން ކަން ކަމުގަ އެވެ.
"ސަރުކާރުގެ މިސްޓޭންޑްގެ ސަބަބުން މުސްލިމް ދިވެހި ރައްޔިތުން ލަދުގަންނަންޖެހޭ ކަމަށް ވެސް،" އިއާދު ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވާންޖެހޭނީ އިސްލާމްދީނާ ދިވެހިން ގަބޫލުކުރާ ހަމަތަކުގައި މަތީގައި އަދި ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކުރެވޭ ގޮތަށް ކަމަށާއި ދީނާ ބީރަށްޓެހި ކަންކަމަށް ހިތްވަރު ދެވޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރެވިގެން ނުވާނެ ކަމަށެވެ.
އެއް ޖިންސުން ކައިވެނި ކުރުމާއި ދެކޮޅަށް ރަޝިޔާ ސަރުކާރުން ހުށަހެޅި ގަރާރު ފާސްނުވުމުން މިފަދަ ފާޙިޝް ޢަމަލުތަކަށް ބައިނަލް އަޤްވާމީ ރައްކާތެރިކަން ވަނީ ލިބިފައެވެ.
މި ފާޙިޝް ޢަމަލު ހުއްޓުވުމާއި ދެކޮޅަށް 80 ގައުމަކުން ވޯޓް ދިންއިރު، މި ގަރާރު ފާސްކުރުމަށް ވޯޓް ދެއްވީ ސަޢޫދީ ޢަރަބިއްޔާ އާއި އިސްލާމީ ޤައުމު ތައް ގުޅިގެން ޖުމްލަ 43 ގައުމުންނެވެ. މިވޯޓުގައި 37 ގައުމަކުން ބައިވެރި ނުވާއިރުު ރާއްޖެ ހިމެނެނީ މި ކެޓަގަރީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...