ލުހުންނާއި ފުލުހުންގެ އާއިލާތަކަށް ފަސޭހަކަމާއި އަވަސް ކަމާއި އެކު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް “ނޫސަންދަ ” ގެ ނަމުގައި ކުލިނިކެއް ހުޅުވައިފި އެވެ.
ފުލުހުން ފާހަގަ ކުރަމުންދާ 82 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހެނދުނު އިސްކަންދަރު ކޮށި 2 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ކްލިނިކް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަޞީރުއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ.މުހަންމަދު ޝުޖާޢު ވިދާޅުވީ ފުލުހުންނަކީ ރެއާ ދުވާލު ޤައުމީ ޚިދުމަތުގައި ތިބޭ ބަޔަކަށް ވީ އިރު ފުލުހުންނަށް ސިއްހީ ފަރުވާދެވޭ އަމިއްލަ މަރުކަޒެއް މިއަދު ހުޅުވިގެން ދިއުމަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމުގައެވެ.
އަދި އެމަރޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް ފަރުވާ މި ކްލިނިކުން ލިބެން ހުންނާނެ ކަމަށާއި އަ މި ކްލިނިކްގައި ސްޕެޝަލިސްޓުންނާއި ޖެނެރަލް ޑޮކްޓަރުންގެ އިތުރުން ލެބޯރެޓަރީ ޚިދުމަތާއި ފާމަސީގެ ޚިދުމަތްވެސް ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބުގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.
އިސްކަންދަރު ކޮށި 2 ގައި ޤާއިމްކޮށްފައިވާ މި ކްލިނިކުން އެއްފަހަރާ 20 މީހުންނަށް ފަރުވާދެވޭއިރު އަންހެނުންގެ ބަލިތަކަށާއި ކުޑަކުދިންގެ ބަލިތަކަށް އަދި އެތެރެހަށީގެ ބަލިތަކުގެ އިތުރުން އާންމު ބަލިތަކަށް ޑޮކްޓަރުންގެ ޚިދުމަތް ލިބިގެންދާނެއެވެ.
ކުލިނިކް ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒްއުމަރު ނަޞީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ކުލިނިކް ބައްލަވާ ލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...