ތިމާއަށް އަބަދުވެސް އެންމެ މުހިންމު އެއްޗަކަށް ވާންވާނީ ޤައުމު ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، ސްކޫލް ތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން އިންތިޒާމް ކުރައްވައިގެން ކ. ހުރާގައި ބޭއްވި ފިޝް ކޭމްޕްގެ، 3 ވަނަ ޕްރޮގްރާމް ގެ ނިންމުމުގެ ރަސްމިއްޔާތު، ަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ދަޢުރުގައި އުގެނެވޭ އެންމެހާ ކަންތައްތައް ރަނގަޅުގޮތުގައި ބޭނުން ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، ތިމާއަށް އަބަދުވެސް އެންމެ މުހިންމު އެއްޗަކަށް ވާންވާނީ ޤައުމު ކަމަށެވެ.
އަދި ޤައުމީ ރޫޙު ގައި ޖިންސް ގެ ތަފާތު ކުރުމެއްނެތި އެއްބައެއްވަންތަ ކަމުގައި ދެމިތިބެ މަސައްކަތް ކުރުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...