އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން އައްޝެއިޚް މުހައްމަދު ދީދީ އިސްތިއުފާ ދެއްވައިފިއެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝެއިޚް ޑީޑީވަނީ އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ޢާއްމުކޮށް އިޢުލާނު ކުރައްވާފައެވެ.
މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ޝެއިޚް މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުން އޭނާ އިސްތިއުފާ ދެއްވީ ސަރުކާރާ މެދު ކުރަމުން އައި އުއްމީދު ގެއްލުމުން ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމަށް އަދާލަތު ޕާޓީން ނިންމާފައިވާ ނިންމުންތަކުގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެެވެ.
ސަރުކާރު ހިންގަމުން ދަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ މެންބަރު ޝިދާތާ ޝަރީފު ވެސް ވަނީ މިމަހުގެ 23 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އަދާލަތު ޕާޓީގެ މެންބަރުން ސަރުކާރުން ވަކިވަމުން މިދަނީ އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...