ރާއްޖޭގެ ޚަބަރު ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ނަރަކައިގަ: ޚުޠުބާ

ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ނަރަކައިގަ: ޚުޠުބާ

ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ނަރަކައިގަ: ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ﷲގެ ގަދަފަދަ ޢަޒާބަށް ހުށަހޮޅި ނަރަކައިގައި ކަމަށް ނަބިއްޔާގެ ޙަދީސަކުން ދަލީލު ދައްކަވަމުން ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އަދުލު އިންސާފުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާފައިވާ ހުކުރު ހުތުބާގައި ވިދާޅުވީ ދުލުވެރި ޝަރުއީ ނިޒާމަކީ ގައުމު ނުރައްކާތެރި އާފާތްތަކުންނާއި ކާރިސާތަކުން ހިމާޔަތްކޮށްދޭ ބާރުގަދަ އަށްޑަނައެއް ކަމަށެވެ.

Untitled

އިސްލާމީ ޝަރީއަތުގައި ކޮންމެ ދައުވާއަކަށް ވެސް ހެއްކާއި ދަލީލު ބޭނުންވާނެ ކަމަށާއި ހެއްކާއި ދަލީލު ނެތި ދައުވާތަކަށް ނިޔާ އިއްވެން ފަށައިފި ނަމަ މީސްތަކުން މުދަލަށާއި އަބުރަށް އަރައިގަންނަން ފަށާފާނެ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ގާޟީންގެ ކިބައިގައި ހުންނަ ޖެހޭ އަސާސީ ޝަރުތަކީ އަދުލުވެރިވުން ކަމަށާއި ދެ ހަސްމުންގެ އަޑު ރަނގަޅަށް އަހައި ދެ ފަރާތުގެ ވާހަކަތައް ރަނގަޅަށް ބަލަން ގާޒީއަށް ގޮވާލަނީ ވެސް އޭނާގެ އަދުލުވެރިކަން ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.