ރޭ މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގައިފުލުހުންނަށް ޙަމަލާ ދިން ކަމަށް ފުލުސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުސް އޮފީހުން ވިދާޅުވީ، އަނިޔާވެރިކަމާ ދެކޮޅަށް މިނަމުގައި ސިޔާސީ ބައެއް ފަރާތްތަކުން އިންތިޒާމު ކޮށްގެން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ސަލާމަތީ ސަރަޙައްދު ވަކި ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް އުކާލުމަށްފަހު ފުލުހުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަޙައްދަށް ގަދަކަމުން ވަދެ ބައެއް ފުލުހުންނަށް ގަސްތުގައި އަނިޔާ ކޮށްފައި ވާކަމަށެވެ.
ރޭގެ އެއްވުމުގެ ބައިވެރިން ޖުމުހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑްތައް ދުރަށްޖައްސައި ބައެއް ދިމަދިމާލުން ބެރިކޭޑްތައް އުކާލައި ގަދަކަމުން ވަންނަން މަސައްކަތްކޮށް އެވަގުތު އެސަރަޙައްދުގައި ތިބި ބައެއް ފުލުހުން ހިފަހައްޓައި އެއްވުމުގެ ތެރެއިން ބަޔަކު ފުލުހުންނަށް އަނިޔާ ކޮށްފައި ވާކަމަށް ފުލުސް އޮފީހުން ވިދާޅުވި ނަމަވެސް އަނިޔާވީ ކިތައް ފުލުހުންނަށް ކަމާއި، ލިބުނު އަނިޔާ ތަކުގެ ތަފްޞީލު ހާމަ ކުރައްވާފައެއް ނުވެއެވެ.
ރޭގެ އެއްވުމުގައި 23:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރަން އަންގާފައިވަނިކޮށް އަޑުގަދަކުރާ ބޭނުން ކުރަމުންދާތީ އަޑުގަދަކުރާ ހުއްޓުވަން ދިޔަ ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައި ވާކަމަށް ފުލުސް އޮފީހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...