ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފާއި ރާއްޖެ ޓީވީގެ 2 ނޫސްވެރިން 5 ދުވަހަށް ބަންދު ކޮށްފިއެވެ.
މިފަރާތްތައް ބަންދު ކޮށްފައި ވަނީ ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހެނދުނު 10:00 ޖެހިއިރު ކްރިމިނަލް ކޯޓަށް ޙާޒިރު ކުރުމުން އެ ކޯޓުންނެވެ.
މިއަދުގެ މުއްދަތުގެ މަޖިލީހަށް ކޯޓަށް ހާޒިރު ކުރި އިރު މަޚްލޫފުގެ އަތުގައި ބިޑިއަޅުވާފައި ނުވިނަމަވެސް ރާއްޖެޓީވީގެ 2 ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ކެމެރާމަން އާދަމް ޒަރީރު ބިޑިވެސް އަޅުވާފައެވެ.
ރޭ ރާއްޖެ ޓީވީގެ 2 ނޫސްވެރިއަކު ފުލުހުން ހައްޔަރު ކޮށްފައި ވާއިރު، އޭގެ ކުރީރޭ ވެސް ފުލުހުން ވަނީ ޗެނަލް ވަންގެ ކެމެރާމަނަކު ހައްޔަރު ކޮށް ކޯޓަށް ޙާިރު ކޮށްފައެވެ.
އަދި ފަސް ދުވަހަށް ކްރިމިިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...