ރާއްޖޭގެ ޚަބަރު ޢަދުލުވެރި ނޫން ގޮތަކަށް އެއްވެސް މީހަކާއި މެދު ޢަމަލުކުރުމަކީ ހަރާމް ކަމެއް: އިސްލާމިކް މިނިސްޓަރ

ޢަދުލުވެރި ނޫން ގޮތަކަށް އެއްވެސް މީހަކާއި މެދު ޢަމަލުކުރުމަކީ ހަރާމް ކަމެއް: އިސްލާމިކް މިނިސްޓަރ

ޢަދުލުވެރި ނޫން ގޮތަކަށް އެއްވެސް މީހަކާއި މެދު ޢަމަލުކުރުމަކީ ހަރާމް ކަމެއް: އިސްލާމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދުލުވެރި ނޫން ގޮތަކަށް އެއްވެސް މީހަކާއި މެދު ޢަމަލުކުރުމަކީ މާތް ﷲ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި، ޝަރުޢީ ނިޒާމުން ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވަމުން ދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި މިނިސްޓަރު ނިސްބަތްވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީން މުޒާހަރާ އަށް މަގުމައްޗަށް ނުކުމެފައި ވަނިކޮށެވެ.

މިނިސްޓަރު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޖޫޑިޝަރީން އަދުލަށް ހުކުމް ކުރުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށާއި އިންސާފުވެރި ކޮންމެ ހުކުމަކަށް ނަފްސް ނުރުހުނު ނަމަވެސް ބޯލަނބައި ކިޔަމަންވާންޖެހޭނެ ކަަމށެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށްވެސް އަދި ކާނަލް ނާޒިމަށްވެސް ކޯޓުގެތެރެއިން އިންސާފު ލިބެންވާނީ އެހެންބައެއްގެ ނުފޫޒެއް ނަތިި ކަމަށާއި ހައްގުގޮތުގައި އަދުލުވެރިކަމާއި އެކުގައި ކަަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.