މަދީނާގެ އަލްމަސްޖިދުލް ނަބަވީގެ މުއައްޛިން ( ބަންގި ގޮވާ ބޭފުޅާ ) އަދި މަދީނާ ޔުނިވަރސިޓީގެ އުސްތާޛު، އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ށ ފުނަދުއަށް ވަޑައިގަތުމުން އެރަށުން ޑރ އިޔާދަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ދަޢުވަތަކަށް މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ފުނަދުއަށް ވަޑައިގަތީ ޖަމްޢިއްޔަތުއްސަލަފުން މިހާރު ކުރިޔަށް ގެންދާ ރިހްލާ ދަތުރުގެ ތެރެއިންނެވެ.
Sv- Funadhoo ah Sheikh iyad shukry wadaigannawaairu Rasuge Rayyithun hoonu Maruhaba eh Dhannawanee (25- March 2015) pic.twitter.com/3M3fQh9zKB
— Abdullah bin janaab (@binjanaab) March 25, 2015
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިމަހު ށ.އަތޮޅުގެ ހުރިހާ ރަށެއްގައި ބާއްވާ ޚާއްޞަ “ރިޙްލާ” ދަތުރުގައި މަދީނާ ޔުނިވަރސިޓީގެ އުސްތާޛެއް ކަމަށްވާ ޑރ. އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ބައިވެރިވެ ވަޑައިގަންނަވާއިރު، އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...