ރާއްޖޭގެ ޚަބަރު މުޒާހަރާ ކުރަމުން ދަނިކޮށް މަޚްލޫފު ހައްޔަރު ކޮށްފި

މުޒާހަރާ ކުރަމުން ދަނިކޮށް މަޚްލޫފު ހައްޔަރު ކޮށްފި

މުޒާހަރާ ކުރަމުން ދަނިކޮށް މަޚްލޫފު ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދާދި ފަހަކާއި ހަމައަށް ޕީޕީއެމްގެ ތަރުޖަމާނު ކަމުގައި ހުންނެވުމަށްފަހު އިދިކޮޅު ފަރާތްތަކާއި ގުޅުނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފު މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ހައްޔަރު ކޮށްފި އެވެ.

ރޭ މެންދަމު 12 ޖަހަނިކޮށް މަހްލޫފް ހައްޔަރުކުރީ ލޯކަލް މާރުކޭޓު ސަރަހައްދުގައި އޭނާ އިސްވެ ހުންނަވައިގެން މުޒާހަރާ ކުރައްވަމުން ގެންދަވަނިކޮށެވެ.

މަހްލޫފް ހައްޔަރުކުރެއްވީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާއި ނުލާ ކުއްލި އަކަށް އޭނާ އަށް އަމާު ކޮށްގެން އައި ވިއްސަކަށް އެސްއޯ ފުލުހުން ވެގެން އަނިޔާވެރި ކަމާއި އެކުގައި ކަމަށާއި، އެވަގުތު ފުލުހުން ހުތުރު ބަސްތަކުން މުޚާތަބުކޮށްފައި ވާކަމަށް އެތަނުގައި ތިބި ބައެއް މީހުންނާއި ބައެއް މީޑިޔާ ތަކުން ވެސް ވަނީ ހާމަކޮށްފައެވެ.

އަދި މަހްލޫފް ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އަމަލުކުރި ގޮތުން އޭނާއަށް އަނިޔާ ވެފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރި ވަގުތު ފުލުހުން އަމަލުކުރި ގޮތުން އެނާގެ ގަމީހުގެ ގޮށްތައް ނެއްޓި ގަމީސް ވީދައިގެން ގޮސްފައި ވާކަމަށްވެސް ބައެއް މީޑިޔާ ތަކުން ބުނެފައިވެ އެވެ.

މަހްލޫފާއެކު އޭނާގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ދެ މީހަކު ވެސް ވަނީ ރޭ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި މަހްލޫފް ހައްޔަރު ކުރަމުން ދިޔަ މަންޒަރު ފޮޓޯ ނަގަމުން ދިޔަ ބައެއް ނޫސްވެރިންނަށް ވެސް ފުލުހުން ހުރަސް އަޅައި ނޫސްވެރިންނާއި ވެސް އަނިޔާވެރި ކަމާއި އެކު އެސްއޯ ފުލުހުން މުޢާމަލާތު ކޮށްފައިވާ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވި ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ވެސް ވަނީ މިކަން ފާހަގަ ކޮށް މަޚްލޫފު ހައްޔަރު ކުރުމުގައި ފުލުހުން ޢަމަލުކުރި ގޮތް ކުއްވެރި ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.