ރާއްޖޭގެ ޚަބަރު މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރަން ދުބާއީ ވޯލްޑާ ހަވާލު ކުރަނީ

މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރަން ދުބާއީ ވޯލްޑާ ހަވާލު ކުރަނީ

މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރަން ދުބާއީ ވޯލްޑާ ހަވާލު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް، އެތަނުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމުކުރުމަށް ދުބާއި ވޯލްޑާއި ޙަވާލު ކުރަން ހަމަޖެހިފައި ވާކަމަށް އިކޮނޮމިކް ކައުންސިލުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވައި އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް، އެ މުޅި މަޝްރޫއަށް އިންވެސްޓް ކުރާނީ ދުބާއީ ވޯލްޑުން ކަމަށާއި އެކަމަށްޓަކައި ވަރަށް އަވަހަށް ދުބާއީ ވޯލްޑާއި އެކު އެމްއޯޔޫގައި ސޮއިކުރަން ސަރުކާރުން ނިންމާފައި ވާކަމަށެވެ.

އަދީބް ވިދާޅުވީ ތިލަފުށީގައި ފްރީ ޓްރޭޑް ޒޯން ގާއިމުކުރުމުގެ މަަސައްކަތް ކުރިއަށް ދާނީ ތިން މަރުހަލާއަކަށް ބަހާލެވިގެން ކަމަށާއި އެ މަޝްރޫއަށް 250-300 މިލިއަނާ ދެމެދުގެ ޢަދަދަކަށް ޑޮލަރު ހަރަދު ކުރާނެ ކަމުގެ ޔަގީންކަން ދުބާއީ ވޯލްޑުން ލިޔުމުން ދީފައިވާ ކަމަށެވެ.

ޑީޕީ ވޯލްޑުން މި މަޝްރޫއު ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ހަދާ ޖޮއިންޓް ވެންޗާ މެދުވެރިކޮށް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.