ރާއްޖޭގެ ޚަބަރު ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ‏‏ވާހަކަތައް ބާއްވަވައިފި ‏

ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ‏‏ވާހަކަތައް ބާއްވަވައިފި ‏

ދިވެހިރާއްޖެއާއި ‏ސަޢޫދީ ޢަރަބިއްޔާ‏އާ ދެޤައުމުގެ ދެމެދުގައި ރަސްމީ ‏‏ވާހަކަތައް ބާއްވަވައިފި ‏

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

‏ދިވެހިރާއްޖެއާ ‏ސަޢޫދީ‏ ޢަރައްބިއްޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ‏‏ވާހަކަތައް ބާއްވަވައިފިއެވެ.

ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ‏ސަޢޫދީ ރަސްގެފާނުގެ ‏‏ޝާހީ ގަނޑުވަރުގައެވެ‏. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ‏‏ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ‏ސަޢޫދީ‏ ޢަރައްބިއްޔާގެ ވަފުދުގެ ‏‏އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ.‏

‏ރަސްމީ ވާހަކަފުޅުތަކުގައި، ދެ ޤައުމު ދެމެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުން ‏‏އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ތަރައްޤީގައި ‏ސަޢޫދީ‏ ޢަރައްބިއްޔާގެ އެހީތެރިކަން ‏‏އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ރާއްޖޭގައި ‏ސަޢޫދީ‏ ‏‏އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ގުޅޭގޮތުންވެސް ދެޤައުމުން މަޝްވަރާ ކުރެއްވިއެވެ.

އަދި އިސްލާމީ ‏‏ވަހުދަތު ހަރުދަނާ ކުރުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއާއެކު މަސައްކަތް ކުރެއްވުމުގެ މައްޗަށްވެސް ‏‏އަލިއަޅުއްވާލެއްވިއެވެ.‏
‏
‏މިބައްދަލުވުމުގައި ސަޢޫދީ‏ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ‏‏ސަޢޫދީ‏ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން، ދިވެހިރާއްޖޭގައި ‏‏ސަޢޫދީ‏ ޢަރަބިއްޔާގެ އެމްބަސީއެއް ޤާއިމުކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ‏

‏މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ‏‏މެންބަރު ‏‏އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި، ‏‏މިނިސްޓަރ ‏‏އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ ‏‏އޮފް ‏‏އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.‏

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.