"މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2015" ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތު އޮތީ މާފަންނު ފުޓްސަލް ދަނޑުގައެވެ.
މި ރަސްމިއްޔާތުގައި، މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2015 ގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް "މޭން އޮފް ދަ މެޗް"ގެ އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަދި، ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް "ކުއީން އޮފް ދަ މެޗް"ގެ އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ފަހަކަށް އައިސް ޒުވާނުންނަށް އަމާޒުކޮށް ސަރުކާރުން ގެންދަނީ މިފަދަ އެތައް މުބާޜާތްތަކެއް އިންތިޒާމް ކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...