ރައީސުލްޖުމްހޫރިއްޔާ، "މިނިވަން ފަންސާސް، ސަރިންދާ" މިޔުޒިކް ޝޯ ފަށްޓަވައިދެއްވައިފިއެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިވަން ފަންސާހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރެއްވި މިޔުޒިކް ޝޯ "މިނިވަން ފަންސާސް، ސަރިންދާ" ފަށްޓަވައި ދެއްވުމުގެ ގޮތުން، ޤައުމީ ދިދައާއި، މިނިވަން 50 ގެ ދިދައާއެކު ހީލިއަމް އެޅި 50 ފުއްޕާހަން މައްޗަށް ދޫކޮށްލުމަށް ހަރުކޮށްފައިވާ ރިބަންކޮޅު ރައީސުލްޖުމްހޫރިއްޔާ ކަނޑުއްވާލަ ދެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް ފަރާތްތަކުން މިޔުޒިކް ޝޯވ ތައް އިންތިޒާމް ކުރުން ވަނީ އިހުނަށްވުރެ ގިނަ ކޮށްފައެވެ.
މީގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރު އަދީބު އިސްކޮށް ހުންނަވައި އިންތިޒާމް ކުރެއްވި ޝޯންޕޯލް ޝޯވ އާއި އޭކަން އާއި ޕްރިޔަންކާ ގެނެސް ޖެހި ނާޗަރަންގީ ފާހަަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...