ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްޗަށް ސަރުކާރުން ތުހުމަތު ކުރާ ޓެރަރިޒަމްގެ މައްސަލައިގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޕެންޑްރައިވުގައި ދީނީ ބޮޑެތި ޢިލްމުވެރިން ހިމެނުމަކީ ނުރައްކަލުގެ ސިގްނަލެއް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝައިޚު އިމްރާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނާޒިމުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ހަވާލާ ދެމުންދާ ޕެންޑްރައިވުގައިވާ މައުލޫމާތުގައި ރާއްޖޭގައި ތިއްބެވި ދީނީ ބޮޑެތި އިލުމުވެރިން ހިމެނުމަކީ ނުރައްކަލެއްގެ އިޝާރާތެއްކަމަށެވެ
އެހެން ނަމަވެސް ޕެންޑްރައިވްގައި ހިމެނޭ ޝެއިޚުންގެ މަޢުލޫމާތު ޢިމްރާން ހާމަ ކުރައްވާފައެއް ނުވެއެވެ.
#Naazim ge mahchah thuhumathu krevey pendrive gai dheenee bodethi ilmuverin himenumee nurahkaa alarm eh.
— Imran (@ShImranAb) March 13, 2015
ނާޒިމްގެ މައްސަލާގައި ހިމެނޭ ޕެންޑްރައިވުން ކޮންމެ ޝަރީޢަތުގެ މަޖިލީހަކާއި ދިމާކޮށް ތަފާތު ސިޔާސީ ބޭފުޅުންގެ މައްޗަށް ޓެރެރިޒަމްގެ ތުހުމަތު ކުރެވޭ ހެކިތައް ފެންނަމުން ދާކަމަށް ބުނެ ތަފާތު ވާހަކަތައް ޝަރީޢަތުގައި ހާމަކުރާއިރު ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ޝައުޤުވެރިކަން ވަނީ މި އާދަޔާ ޚިލާފު ޕެންޑްރައިވަށް ހުއްޓިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...