ރާއްޖޭގެ ޚަބަރު ރިލްވާން މަރުވި ކަމަށް ބުނެ ފަތުރަނީ ފޭކް ފޮޓޯތަކެއް: ޕޮލިސް

ރިލްވާން މަރުވި ކަމަށް ބުނެ ފަތުރަނީ ފޭކް ފޮޓޯތަކެއް: ޕޮލިސް

ރިލްވާން މަރުވި ކަމަށް ބުނެ ފަތުރަނީ ފޭކް ފޮޓޯތަކެއް: ޕޮލިސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރިލްވާން މަރުވި ކަމަށް ބުނެ ފަތުރަނީ ފޭކް ފޮޓޯތަކެއް ކަމަށް ދިވެހި ފުލުހުން ހާމަ ކޮށްފިއެވެ.

ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިޔާ އާއި ބައެއް މީޑިޔާ ތަކުން ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ މ. ޝައިނިން ސްޓާ އަހްމަދު ރިޟްލްވާން އަބްދުﷲ (28އ) ހޯދުމަށާއި އޭނާ ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ކުރި މަސައްކަތުން ރިލްވާން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެެއް ރެކޯޑް ކުރެވިފައި ނެތް ކަމަށެވެ.

އަދި އޭނާ ގެއްލުނުކަމަށް ފުލުހުންނަށް އެންގިފަހުން އޭނާގެ ޕާސްޕޯޓް ފެނިފައިވާ ކަމަށް ރިލްވާންގެ އާއިލާއިން ފުލުހުންނާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރިލްވާން ހަނގުރާމަވެރި ޖަމާއަތަކާއި ގުޅިގެން ސީރިއާއަށް ގޮސް ހަނގުރާމަ ކުރުމުގެ ތެރޭގައި މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ފުލުހުން ބެލި ބެލުމުން މިހާތަނަށް ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ފޮޓޯތަކުގައި ރިލްވާން ކަމަށް ދައްކާ ފޮޓޯ ތަކަކީ އަސްލު ފޮޓޯތަކެއް ނޫން ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ސީރިއާގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ)ގެ ފައުޖުތަކާއެކު ހަނގުރާމަ ކުރަމުންދަނިކޮށް ރިލްވާން މަރުވެފައިވާ ކަމަށް އެ ޖަމާއަތުގެ ހަބަރުތައް ގެނެސްދޭ ބްލޮގެއް ކަމުގައިވާ "ވައިޕީޖީ ފޮރިން ސަޕޯޓް" ގައި ބުނެފައިވާތީ ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު އެ ހަބަރު ގެެސްދީފައިވަނިކޮށެވެ.

ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ރޭ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިންނެވެ. އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.