ރާއްޖޭގެ ޚަބަރު ސިފައިންގެ އަތުން ފިސްތޯލައެއް ނުގެއްލޭ : އެމްއެންޑީއެފް

ސިފައިންގެ އަތުން ފިސްތޯލައެއް ނުގެއްލޭ : އެމްއެންޑީއެފް

ސިފައިންގެ އަތުން ފިސްތޯލައެއް ނުގެއްލޭ : އެމްއެންޑީއެފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިފައިންގެ އަތުން ފިސްތޯލައެއް ގެއްލުނު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ ޝަރީއަތުގައި ދެއްކި ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 9 އެމްއެމްގެ ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން މިދިޔަ އަހަރު ރިސޯޓަކަށް ގެއްލިފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތު ތަކެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ސިފައިންގެ ހަތިޔާރު އިންވެންޓްރީ އިން އެއްވެސް ހަތިޔާރެއް އުނިވެފައި ނެތް ވާހަކަ ރައްޔިތުންގެ މަލޫމާތަށް ޓަކައި ދަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ މިކަން ސާބިތު ކުރުމަށް ފިސްތޯލަ ގެއްލުނު ކަމަށް ބުނާ ސިފައިންގެ މީޙާ ވެސް ދިފާޢީ ހެތްކަކަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ފިސްތޯލަ ގެއްލުނު މައްސަލަ ސިފައިންގެ އިން ފުލުހުންނަށް ހުށަހަޅާފައި ވާކަމަށާއި، އެ މައްސަލަ ފުލުހުންގެ އިދާރާއިން ބެއްލެވި ފުލުހުންގެ އިސް އޮފިސަރުންވެސް ނާޒިމްގެ ފަރާތުން ދިފާޢީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.