ރާއްޖޭގެ ޚަބަރު ތައްޔާރުވޭ! 6 މާޗް 2015 ( މާދަމާ ) ރޭ!

ތައްޔާރުވޭ! 6 މާޗް 2015 ( މާދަމާ ) ރޭ!

ތައްޔާރުވޭ! 6 މާޗް 2015 ( މާދަމާ ) ރޭ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތައްޔާރުވޭ! މި ނަމުގައި 6 މާޗް 2015 ( މާދަމާ ) ރޭ ޝެއިޚް އިލްޔާސް ޙުޞައިނާއި އެކު އަލިމަސް ކާނިވަލުގައި ޞާއްވާ ޚާއްޞަ ދަރުސަށް ވީހާވެސް ގިނަ ބަޔަކު ޙާޒިރު ވުމަށް ދަރުސް އިންތިޒާމު ކުރާ ފަރާތްތަކުން އިލްތިމާސް ކޮށްފި އެވެ.

ހުކުރު ދުވަހުގެ ( މާދަމާ ) ރޭ އަލިމަސް ކާނިވަލުގައި ބާއްވާ ޝެއިހް އިލްޔާސް ހުސައިން ގެ ހާއްސަ ދަރުސް “ތައްޔާރުވޭ” އޮންނާނީ އެރޭ 20:45 ގައި ކަމަށް ދަރުސް އިންތިޒާމް ކުރައްވާ ޢަދާލަތު ޕާޓީން ވަނީ ހާމަކުރައްވާފައެވެ.

މިއީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝެއިލް އިލްޔާސް ޢާއްމު ކޮށް ދެއްވާ ފުރަތަމަ ދަރުސަށް ވާއިރު، ޝެއިޚްގެ ދަރުސްތައް މެދުކެނޑިގެން ދިޔައީ މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ޝެއިޚް އިލްޔާސް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުންނެވެ.

ޝެއިޚް އިލްޔާސަކީ ރާއްޖޭގައި ތިބި ލާދީނީ ފިކުރުގެ މީހުންނާއި، ދީނާއި ސިޔާސަތު ވަކިކުރަން ބޭނުންވާ ފަރާތްތަކުން މާ ގަޔާނުވާ ބޭފުޅެއް ނަމަވެސް ޢާއްމުންގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ އިތުބާރުހިފޭ ޢިލްމުވެރިއެކެވެ.

ތައްޔާރުވޭ ! މި ނަމުގައި ޝެއިޚްގެ ދަރުސެއް ބޭއްވުމުމަށް ތައްޔާރު ވަމުން އަންނައިރު މި ދަނޑިވަޅަކީ މިފަދަ ދަރުސެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.