ރާއްޖޭގެ ޚަބަރު ގާސިމް އިނދަޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދޭ: އިމްރާން

ގާސިމް އިނދަޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދޭ: އިމްރާން

ގާސިމް އިނދަޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދޭ: އިމްރާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދެކޮޅަށް މިއަދު ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ އެމަނިކުފާނު ހަލާކުކޮށް އިނދަޖައްސާލުމަށް ކުރަމުން ގެންދާކަމެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީން ގެނެސްދިން ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަ ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ މިސަރުކާރު ގެނައުމަށް އެންމެ އިޚްލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ގާސިމް އިބްރާހިމާއި މެދު ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާ ގާސިމްއާއި މެދު ސަރުކާރުން އަނިޔާވެރިނުވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.

ގާސިމްއާއި މެދު މިއަދު އަމަލުކުރަމުންދާ ގޮތުން އެމަނިކުފާނުގެ މުވައްޒިފުންގެ ގޮތުގައި ތިބި އެތައްހާސް ބަޔަކާއި، އެމަނިކުފާނުގެ އެހީތެރިކަން ލިބޭ އެތައް ހާސް ރައްޔިތަކަށް އެދެވެނީ ވަރަށް ބޮޑު ގެއްލުމެއް ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމަށް އަނިޔާވެރިވަނީ އެމަނިކުފާނު މުޅިން އިނދަޖައްސާލާ ހަލާކުކޮށްލުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.