ރާއްޖޭގެ ޚަބަރު މުޒާހަރާތަކަށް އަދާލަތު ނިކުންނަނީ އެހެން ގޮތެއް ނެތިގެން: ޢަދާލަތުޕާޓީގެ ރައީސް

މުޒާހަރާތަކަށް އަދާލަތު ނިކުންނަނީ އެހެން ގޮތެއް ނެތިގެން: ޢަދާލަތުޕާޓީގެ ރައީސް

މުޒާހަރާތަކަށް އަދާލަތު ނިކުންނަނީ އެހެން ގޮތެއް ނެތިގެން: ޢަދާލަތުޕާޓީގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޒާހަރާތަކަށް އަދާލަތު ނިކުންނަނީ އެހެން ގޮތެއް ނެތިގެން ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ޝެއިޚް ޢިމްރާން މިހެން ވިދާޅުވި ނަމަވެސް މީގެ އިތުރު އެއްވެސް ތަފްޞީލެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ޢަދާލަތު ޕާޓީގެ މެންބަރަކު ވިދާޅުވީ އެހެން ގޮތެއް ނެތިގެން މުޒާހަރާ ކުރަން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނިންމެވިކަން އެނގެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ޢަދާލަތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަމެއް ނިންމާނީ އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ކަމަށާއި އެ މަޖިލީހުން ނިންމުމުން ނޫނީ އެއަށް ޢަމަލު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު އެމްޑީޕީއާއި ޖޭޕީން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިނުވުމަށް އަދާލަތު ޕާޓީން މީގެ ކުރިންވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.