މިހާރު މިއޮތީ އަނިޔާވެރި ރައްޔިތުންނަށް ބިރުދައްކާ ޙައްޤުތަކަށް އަރައިގަންނަ އިންސާފަށް ލޯބިނުކުރާ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހުމަދު މަޚްލޫފު ވިދާޅުވެއްޖެ އެވެ.
މަޚްލޫފުގެ ފޭސްބުކް ޕޭޖުގައި އޭނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ރައްޔިތުންނަށް ބިރުދައްކާ ޙައްޤުތަކަށް އަރައިގަންނަ އަދި އަދުލްއިންސާފަށް ލޯބި ނުކުރާ ސަރުކާރެއް ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ މިކަން ޔަގީންވެ ވަޑައިގަތީ ފުލުހުންއި ސިފައިން ގުޅިގެން ރޭ ދެއްވި އިންޒާރުގެ ބަޔާނުގެ ސަބަބުން ކަމަށެވެ.
ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ދެއްވި ބަޔާނުގައި ވިދާޅުވީ، އަތޮޅުތަކުން މީހުން މާލެ އައިނަމަވެސް މާލެތެރެ ހަލަބޮލިކޮށް، މާލޭގެ އަމާންކަން ނަގާލުމުގައި ބައިވެރިވުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ޙައްޤުތަކެއް ގެއްލިގެންދާނެ ކަމެއް ކަމަށާއި، މާލޭގެ އަމަން ނަގާލައި މިމުޒާހިރާގައި ބައިވެރިވާން އަންނަ ފަރާތްތައް ހޯދައި އެފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.
އެހެންކަމުން އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުންވެސް ޞުލްޙަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފު ނުވާނެހެން އަދި މާލޭގައި ދިރިއުޅޭ މީހުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެފަދައިން ޢަމަލުތައް ބެހެއްޓެވުމަކީ ސަލާމަތީ ބާރުތަކުން އެދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...