ރާއްޖޭގެ ޚަބަރު ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކުރާ ސިޔާސީ ދަޢުވާ އަނބުރާ ގެންދަން ޢަދާލަތުން ގޮވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކުރާ ސިޔާސީ ދަޢުވާ އަނބުރާ ގެންދަން ޢަދާލަތުން ގޮވާލައިފި

ކުރީގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ކުރާ ސިޔާސީ ދަޢުވާ އަނބުރާ ގެންދަން ޢަދާލަތުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ދަޢުވާ އަކީ ސިޔާސީ ދަޢުވާއެއް ކަމަށާއި އެ ދަޢުވާ އަނބުރާ ގެންދެވުމަށް ޕްރޮސެކިޔުޓަރ ޖެނެރަލަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލައްވަމުން ޢަދާލަތު ޕާޓީގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްޗަށް ކުރާ ދަޢުވާ އަކީ ސިޔާސީ ކުލަ ޖެހިފައިވާ ދަޢުވާއެއް ކަމަށާއި، މި ދަޢުވާ އަނބުރާ ގެންދެވުމަށް ޕީޖީ އަށް ގޮވާލައްވާ ކަމަށެވެ.

އަދި ނާޒިމްގެ ދެކަނބަލުންގެ މައްޗަށް ސަރުކާރުން ކުރާ ސިޔާސީ ދަޢުވާ އާއި ދެކޮޅު ހަދައި އެ ދެކަނބަލުން މިނިވަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްގެ ފަރުދީ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޢަދާލަތު ޕާޓީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ތަކުރާރުކޮށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް އަނިޔާވެރި ނުވުމަށް ގޮވާލެއްވި ނަމަވެސް ކުރީގެ ރައީސް ނަޝީދު ހައްޔަރުން ދޫކޮށްލުމަށް މިހާތަނަށް ގޮވާލައްވާފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.