ރާއްޖޭގެ ޚަބަރު ނާޒިމް މިނިވަންކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ނާޒިމް މިނިވަންކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ނާޒިމް މިނިވަންކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް މިނިވަންކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުލުހުން ހައްޔަރު ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ވަގުތުން މިނިވަންކޮށް،ނާޒިމާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެއްލިފައިވާ ހައްޤުތައް ހިމާޔަތްކޮށްދިނުމަށް ގޮވާލައްވާ ކަމަށާއި، ނާޒިމްއާއި އޭނަގެ އަނބިކަނބަލުން އަފާފް އަބުދުލް މަޖީދުގެ މައްޗަށް ހިންގޭ ޝަރީއަތަކީ ޤާނޫންތަކާއި ޤަވާއިދުތަކާއި، ޢަމަލު ކުރެވެމުން އަންނަ އާންމު އުސޫލްތަކުގެ ބޭރުން ހިންގޭ ސުވާލް އުފެދޭ ގިނަ ކަންތަކެއް ހިމެނޭ ޝަރީއަތެއް ކަމަށެވެ.

އަދި މި ޝަރީޢަތަކީ ސަލާމަތް ބުއްދިއަށް ޤަބޫލު ކުރެވޭ ޝަރީއަތަކަށް ނުވާ ކަމަށާއި، އެއްވެސް ދިވެހި ރައްޔިތެއްގެ މައްޗަށް ނުހައްޤުން ދަޢުވާ ނުކުރުމަށް ވެސް ޢަދާޅަތުން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޝަރީއަތަށް ސާބިތުވާވަރުގެ ހެކިލިބިފައިވާނަމަ އަމަލު ކުރަންވާނީ ހުރިހާ ރައްޔިތުންގެ މައްޗަށް ހަމަހަމަ އުސޫލަކުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ކަނޑައަޅާފައިވާ ތަރަހައިގެ ތެރެއިން އަދުލްވެރިކަމަށް ވާސިލު ވެވޭނެހެން ކަމަށާއި، އަނިޔާވެރިކަން އިސްނުކުރުމަށް ވެސް ޢަދާލަތު ޕާޓީން ވަނީ ރައީސް ޔާމީނުގެ ސަރުކާރަށް ގޮވާލައްވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.