ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު މަހުލޫފް އެޕާޓީން ވަކިކުރަން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައިފި އެވެ.
މިކަން ހާމަ ކޮށްފައި ވަނީ ޕީޕީއެމްގެ ސުލޫކު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ ނައިބް މުގައްރިރު އަލީ ވަހީދު ވިދާޅުވީ މަހްލޫފް ޕީޕީއެމުން ވަކިކުރަން ތިން މެމްބަރުންގެ އިއްތިފާގުން ނިންމުމުން މިއަދުން ފެށިގެން އަހުމަދު މަހުލޫފަކީ ޕީޕީއެމް މެމްބަރެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ސުލޫކު ކޮމެޓީން ބުނީ މަހްލޫފް ޕާޓީން ވަކިކުރެއްވީ ޕާޓީ ބަދަލުކުރައްވަން އުޅުއްވާތީ ނޫން ކަމަށެވެ.
މަހްލޫފް ވަކި ކުރެވިފައިވަނީ ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ އެއް ބެލުމަށް ފަހު ކަމަށް ޕީޕީއެމުން ބުނި ނަމަވެސް މި މައްސަލަ ހުށަހެޅުއްވި ފަރާތެއް ހާމަކުރަައްވާފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...