ރާއްޖޭގެ ޚަބަރު ޕީޖީ ހުންނެވީ ޤާނޫނީ އިމުގެ ބޭރުގަ: އެމްޑީޕީ

ޕީޖީ ހުންނެވީ ޤާނޫނީ އިމުގެ ބޭރުގަ: އެމްޑީޕީ

ޕީޖީ ހުންނެވީ ޤާނޫނީ އިމުގެ ބޭރުގަ: އެމްޑީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިވަން މުސްތަޤިއްލު ޕްރޮސެކިޔުޓަރ ޖެނެރަލް މުހުތާޒް މުހުސިން ހުންނެވީ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުގެ އިމުގެ ބޭރުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ނަޝީދުގެ ވަކީލު ހިސާން ޙުޞައިން ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ޕީޖީގެ އެދުމަކަށް ކަމަށް ކޯޓުން ބުނެފައިވާ ކަމަށާއި، މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުގެ ބާރު ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ޕީޖީއަށް ލިބިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ނަޝިދު ހައްޔަރު ކުރަން ޤާނޫނީ އިމުގެ ބޭރުން ޕީޖީން އެދުނު އެދުމަކަށް ކޯޓުން ނެރެދިން އަމުރުގެ ސައްޙަ ކަމާއި މެދުވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދާފައެވެ.

އެމްޑީޕީން ބުނީ މި ކަންކަމަށް ބަލާއިރު، ނަޝީދު ހައްޔަރު ކޮށްފައި ހުރީ ޤާނޫނީ އިމުގެ ބޭރުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.