ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަގެ ނަމުގައި ދޮގު ޚަބަރު ނުފެތުރުމަށް މޫސަ ގޮވާލައްވައިފި އެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ނޫހަކަށް ބަސްދީގަތުމެއް ދެއްވާފައި ނުވާނެ ކަމަށާއި، އަދި އަމިއްލަފުޅު ޓްވިޓަރ އެކައުންޓުން ޓްވީޓެއްވެސް ކުރައްވަފާވައި ނުވަނީސް އޭނާގެ ނަމުގައި ދޮގު ޚަބަރު ނުފެތުރުމަށް ގޮވާލައްވާ ކަމަށެވެ.
މޫސަ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރުމަކީ މައްސަލައެއް ނޫން ކަމަށް މޫސަ ވިދާޅުވި ކަމަށް ބުނެ ވަގުތު ނޫހުން އިއްޔެ ޚަބަރު ފަތުރާފައި ވަނިކޮށެވެ.
ނަޝީދު ހައްޔަރުކުރުމާ ގުޅިގެން، މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ކަމަށްބުނެ ވަގުތު ނޫހުގައި އިއްޔެ ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައަށް އިޝާރާތް ކުރައްވާ ގާނޫނަށް ބެލުމެއް ނެތި ނަޝީދު އެހެން ކަންތައް ކުރީ އަޅުގަނޑުމެން އެހެން ނުހަދާށޭ ކިޔައި ކިޔައި ތިއްބާ ކަމަށް މޫސަ ވިދާޅުވި ކަމަށެވެ.
އަދި، ހުޅުހެންވޭރު ދާއިރާގެ ގޮނޑިއަކީ ރައީސް ނަޝީދު ހޯދައިދިން ގޮނޑިއެއް ނޫން ކަމަށް މޫސަ ވިދާޅުވި ކަމަށާއި، އެ ގޮނޑިއަކީ އޭނާއަށް ތާއީދުކުރާ މީހުންގެ ވޯޓުން ހޯދި ގޮނޑިއެއް ކަމަށްވެސް މޫސަ ވިދާޅުވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް މޫސަ ކުރެއްވި ކަމަށް ވަގުތުގައި ބުނާ ޓްވީޓް މޫސަގެ އެކައުންޓުން ދިއިސްލާމްގެ ނޫސްވެރިންނަށްވެސް ފެނިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...