ރާއްޖޭގެ ޚަބަރު ޑރ ޝަހީމަށް ޝެއިޚް ޢިމްރާނާއި ޢަދާލަތުގެ އިތުބާރު އެބައޮތް؟

ޑރ ޝަހީމަށް ޝެއިޚް ޢިމްރާނާއި ޢަދާލަތުގެ އިތުބާރު އެބައޮތް؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަހަކަސް އައިސް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ އާއި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކަންކަން ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑރ މުޙައްމަދު ޝަހީމްގެ ޚިޔާލު ތަފާތު ވެފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކަށް ޢަދާލަތު ޕާޓީގެ ރައީސް ރައްދު ދެއްވައިފި އެވެ.

ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ކުރެއްވި ތްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމިން ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅު ތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެހެން ކަމުން ޑރ ޝަހީމަށް ފުރިހަމަ އިތުބާރު އޮތްކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ވަނީ ހާމަކުރައްވާފައެވެ.

ޝެއިޚް ޢިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ ޑރ ޝަހީމާއި ޢިމްރާނުގެ ޚިޔާލު ތަފާތުވެ ޢަދާލަތު ޕާޓީ ބައިބައި ވެފައިވާ ކަމަށް ބައެއް މީޑިޔާ ތަކުގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އެހެން ނަމަވެސް އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ޑރ ޝަހީމްވެސް ވަނީ ޝެއިޚް ޢިމްރާނަށް މިފަދަ ތަޢުރީފުގެ ބަސްތަކެއް ރައްދު ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.