ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ތަރުޖަމާނުގެ އިތުރުން މިހާރުވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މަޚްލޫފު އިދިކޮޅު ފަޅިއަށް އެރުއްވި ޚަބަރު އަމިއްލަފުޅަށް ރިޓްވީޓް ކުރައްވައިފިއެވެ.
Mahloofah "keh nukurevigen" idhikolhu falhi ah araifi!? http://t.co/VNVtdDDAir pic.twitter.com/uUwSerej8T
— sun.mv (@sunbrk) February 21, 2015
ދުވަހު ނޫސް ސަންގައި މިކަމާއި ގުޅެގޮތުން ޝާއިޢު ކޮށްފައިވާ ޚަބަރު ރިޓްވީޓް ކުރެއްވުމުގެ ކުރިން މަޚްލޫފު ވިދާޅުވެފައި ވަނީ އެންމެ ފަހު ނޭވާ އާއި ހަމައަށްވެސް ޤައުމަށް ޓަކާ އޭނާގެ މޭ އައްޑަނަޔަކަށް ހައްދަވާނެ ކަމަށެވެ.
އިއްޔެ މުޅި ރާއްޖޭގެ ހުރިހާ މީޑިޔާއެއްގައި ޖަހާފައިވާ މަޚްލޫފު ފަޅިބަދަލު ކުރައްވާ ޚަބަރުގެ ތެރެއިން ހަމައެކަނި ސަން އޮންލައިންގައި ޝާއިޢު ކޮށްފައިވާ ރިޕޯޓް މަޚްލޫފު ރިޓްވީޓް ކުރެއްވި އިރު މި ރިޕޯޓުގައި ބުނެފައި ވަނީ އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު އެމްޑީޕީ-ޖޭޕީ ބާއްވާ ބޮޑު އެއްވުމުގައި މަހުލޫފު ހުރި "ފަޅި" ކަށަވަރުވާނެ ކަމަށާއި، އޭނާ ހުރީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅޭ ވިސްނުމެއްގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތަށް ތާއިދުކޮށް، އޭނާ ނުކުންނާނެ ކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެހެން ކަމުން ދެން އިތުރު އެއްޗެއް މަޚްލޫފު ވިދާޅު ނުވިނަމަވެސް މަޚްލޫފު ހުންނެވި ފަޅި މިހާރު ދިއިސްލާމްގެ ކިޔުންތެރިންނަށް ޔަޤީނާ ގާތަށް ކަށަވަރު ވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...