އިސްލާމީ މަރުކަޒަށް މިއަދު ހުކުރަށް ވަޑައިގަތުމުން އާނޯލްޑަށް ދިވެހިންގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އިސްލާމީ މަރުކަޒަށް މިއަދުގެ ހުކުރު ނަމާދަށް ވަޑައިގަތުމުން ގިނަ ބަޔަކު މިއަދު ވަނީ އާނޯލްޑާއި އެކު ފޮޓޯ ނަގައި އޭނާއަށް މަރުޙަބާކިޔައި އިސްލާމްދީނުގެ މަތީގައި ސާބިތުވެ ހުރުމަށް ވަޞިއްޔަތްކޮށް ނަސޭޙަތްތެރިވެފައެވެ.
އަދި އޭނާވެސް ވަނީ އިސްލާމީ މަރުކަޒުން މިއަދު ހުކުރު ނަމާދުން ފެނުނު ބޮޑު ޖަމާޢަތަށާއި އެމިސްކިތުގެ އިތުރުން ދިވެހިންގެ ހިތްހެޔޮކަމާއި އެކުވެރިކަމަށް ޓަކައި ތަޢުރީފުކޮށް އުފާފާޅު ކޮށްފައެވެ
الشعب المالديفي يرحب بأرنود وان دون، الذي دخل في الإسلام بعد ان شارك في صنع الفيلم المسيئ للنبي صلى الله عليه وسلم. pic.twitter.com/KkuEhWQnOY
— د.محمد شهيم علي سعيد (@Mohamedshaheem1) February 20, 2015
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އުފެއްދި ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ހޮލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު އާނޯލްޑް ވެންދޫން މިއަދު އިސްލާމީ މަރުކަޒުގައި ހުންނަވައިގެން ވިދާޅުވީ، އޭނާ އިސްލާމް ވުމަށްފަހު ބޮޑެތި ދުއްތުރާ ތަކާއި ކުރިމަތިވެ ވަޑައިގަންނަވަމުންދާ ކަމަށެވެ.
އެހެން ކަމުން އޭނާއަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އާނޯލްޑާއި އެކު ބާއްވާ ދި މެސެޖްގެ 2ވަނަ އެޕިސޯޑު މިރޭ 2100 ގައި ކާނިވާ ސަރަޙައްދުގައި އޮންނާނެ އެވެ.
ދި މެސެޖު ޕްރޮގުރާމްގައި މިރޭ އާނޯލްޑް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ މަޢުލޫ އަކީ ” އަހަރެން އިސްލާމްވީ ކީއްވެ؟ ” މި މައުޟޫ އަށެވެ.
މިރޭގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް އާނޯލްޑް މާލެ ވަޑައިގެންފައި ވަނީ އިއްޔެ މެންދުރުފަހު 1430 ގައެވެ.
ހޮލެންޑުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު، އަދި މުސްލިމުންނާއި ރަސޫލާއަށް ފުރައްސާރަ ކޮށް ފިލްމު އުފެއްދުމަށްފަހު އިސްލާމީ ދުނިޔެއިން ކުރިމަތިވި ރުޅިވެރިކަމަށް ބަދަލު ހިފުމަށް އެއަށްވުރެ ނުބައި ފިލްމެއް އުފައްދަން ރަސޫލާގެ ޙަޔާތްޕުޅުން ފޫނުބެދޭ ކަންކަން ހޯއްދަވަން ކީރިތި ރަސޫލާގެ ސީރަތު ދިރާސާ ކުރެއްވުމުގެ ތެރެއިން އެފަދަ އެއްވެސް ކަމެއް ނުފެނުމުންނާއި އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފެނިވަޑައިގެންނެވި ރަނގަޅު ކަންކަމުގެ ސަބަބުން އިސްލާމްވެ ވަޑައިގެންނެވި އާނޯލްޑް ވެން ޑޫން ގެ ދަރުސްގައި އޭނާ އިސްލާމްވީ ގޮތުގެ އިތުޜުން ރަސޫލާގެ ޝަޚުޞިއްޔަތުން އޭނާއަށް ފާހަގަ ކުރެވުނު ކަންކަންވެސް ދިވެހި ޒުވާނުންނާ ޙިއްޞާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާނޯލްޑަކީ މިހާރު ޔޫރަޕުގައި އިސްލާމް ދީނަށް އެންމެ ބޮޑު ޚިދުމަތެއް ކުރައްވަމުން ގެންދަވާ ޔޫރަޕިއަން ދަޢުވާ ފައުންޑޭޝަނުގެ ރައީސްކަންވެސް ކުރައްވާ ބޭފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...