ރާއްޖޭގެ ޚަބަރު އިންޑިޔާ ސަފީރު އާ ޑިފެންސް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

އިންޑިޔާ ސަފީރު އާ ޑިފެންސް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

އިންޑިޔާ ސަފީރު އާ ޑިފެންސް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ސަހާރޭ މިނިސްޓަ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ މައްޗަށާއި އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހްމަދު ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން އާރްއެސް ސުނިލް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.