ރާއްޖޭގެ ޚަބަރު ނާޒިމަށް އަނިޔާކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް އަނިޔާކުރުން : އިމްރާން

ނާޒިމަށް އަނިޔާކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް އަނިޔާކުރުން : އިމްރާން

ނާޒިމަށް އަނިޔާކުރުމަކީ ދިވެހި އެންމެހާ ރައްޔިތުންނަށް އަނިޔާކުރުން : އިމްރާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ހައްގަކާނުލައި އަނިޔާކުރުމަކީ ރައްޔިތުންނަށް ކުރެވޭ އަނިޔާއެއްކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމަކީ ރައްޔިތުންގެ ހައްގުގައި ރެއާއި ދުވާލު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

އެހެން ކަމުން ރައްޔިތުންނަށް އެފަދަ ހިދުމަތްތެރި ކަމާއި އެކު ޚިދުމަތް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ހައްގަކާއި ނުލައި އަނިޔާ ކުރުމަކީ ރައްޔިތުންނަށް އަނިޔާ ކުރުން ކަމަށް ވެސް ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ސަރުކާރުން ހައްޔަރު ކޮށްގެން އުޅެނީ ޙައްޤަކާއި ނުލާ އަނިޔާވެރިވުމުގެ ގޮތުން ކަމަށް ޢިމްރާން މީގެ ކުރިންވެސް އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޢިމްރާނުގެ އިތުރުންވެސް ޢަދާލަތުގެ އިސްވެރިން ގެންދަވަނީ އަނިޔާވެރިކަމާއި ދެކޮޅަށް ނާޒިމަށް ތާއީދުކުރައްވާ އަޑު އުފުއްލަވަމުންނެވެ. އެގޮތުން ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާން ޝެއިޚް ޢަލީ ޒާހިރު ނާޒިމްގެ ޤާނޫނީ ޓީމާއި ގުޅިވަޑައިގެން އޭނާ ދިފާއު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމްވެސް ވަނީ އަނިޔާވެރި ނުވުމަށް ދައުލަތުގެ މުއައްސަސާ ތަކަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ މަޢުރޫފު ޙުޞައިންވެސް ނާޒިމުގެ މައްސަލާގައި ފުލުހުން ދައްކަމުން ގެންދާ ވާހަކަތަކަށް ހަޖޫ ޖައްސަވައި ޓްވީޓް ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.