ރާއްޖޭގެ ޚަބަރު ކިނބޫ މަސް ކެއުމުގެ ޙުކުމަކީ ކޮބާ؟

ކިނބޫ މަސް ކެއުމުގެ ޙުކުމަކީ ކޮބާ؟

ކިނބޫ މަސް ކެއުމުގެ ޙުކުމަކީ ކޮބާ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ސަރަޙައްދު ތަކުން މި ދުވަސްވަރު ގިނަ ޢަދަދެއްގެ ކިނބޫ ފެންނަމުން ދާއިރު، ކިނބުލެކޭ އެއްގޮތަށް އެއްގަމާއި ކަނޑުގައި ދިރިއުޅޭ ވެލާގެ މަސް ގިނަބަޔަކު ރާއްޖޭގައި ކައިއުޅެއެވެ.

މިކަމަކީ ޤާނޫނަކުން މަނާ ކޮށްގެންވެސް ހުއްޓުވުމަށް އަދާއި ހަމައަށްވެސް ދައުލަތަށް ނުކުޅެދިފައިވާ ކަމެކެވެ.

މީގެ އިތުރުން ކިނބުލަކީ ވެސް ވެލާފަދައިން އެއްގަމުގައި ވަޅުކޮނެގެން އެއްގަމަށް ބިސްއަޅާ އެއްޗަކަށް ވާއިރު، ވެލާބިހާއި ކިނބޫ ބިހާއި އެއްގޮތްކަންވެސް ބޮޑެވެ.

އެހެން ކަމުން ބަޔަކަށް އޮޅިގެން ވެލާބިސް ކަމަށް ކިނބޫ ބިސްވަޅެއް ކޮނެގެން އެކައިފާނެ ކަމުގެ ބިރުވެސް އުފެދިފައި ވާއިރު، އަނެއްބަޔަކު ކިނބޫ ހިފައިގެން އޭގެ މަސްކާން ފަށާފާނެ ކަމުގެ ބިރުވެސް އެބައޮތެވެ.

އެހެން ކަމުން މިހާރު ފެންނަމުންދާ ކިނބުލުގެ މަސް ކެއުމާއި މެދު އިސްލާމް ދީނުގައި ކަން އޮތްގޮތް އޮޅުން ފިލުވުމަށް ބައެއް ފަރާތްތަކުގެ ޝައުޤުވެރިކަން ހުރެދާނެތީ ކިނބޫ މަހާއިމެދު ޢިލްމުވެރިއެއްގެ ރައުޔު ހޯދާލުން ކިހިނެއް ވާނެބާއެވެ؟

ކިނބޫ މަސް ކެއުމާއި މެދު ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބުރާހީމް ވިދާޅުވަނީ އެ ކިނބުލަކީ ހަމައެކަނި މޫދުގައި ދިރިއުޅޭ އެއްޗެއް ކަމުގައި ވާނަމަ އޭގެ މަސްކެއުން ހުއްދަ ކަމަށެވެ.

މި މައްސަލާގައި ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އައްޝައިޚް އާދަމް ޝަމީމް ބިން އިބުރާހިމް ވިދާޅުވީ ކިނބުލަކީ ޝިކާރަ ކޮށްގެން ކާނާ ހޯދާ ޖަނަވާރަކަށް ވާތީ އޭގެ މަހާއި ބިސް ކެއުން ހުއްދަ ނޫން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާއިރު، އޭގެ މަހާއި ބިސް ހުއްދަ ކަމަށް ކޮންމެވެސް ވަރަކަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އެހެން ކަމުން މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައި ވުމުން އެންމެ ރައްކާތެރި ގޮތަކީ އޭގެ މަހާއި ބިސް ގަސްދުގައި ކެއުމުގައި ބޭނުން ނުކުރުން ކަމަށް ޝެއިޚް އާދަމް ޝަމީމް ވިދާޅުވިއެވެ.

ޝެއިޚް ޝަމީމް ވިދާޅުވީ ރަސޫލު ޒަމާނުގައި ކިނބުލާއި މެދު އެހާސާފު ދަލީލު ތަކެއް ލިބިވަޑައިގެންފައި ނުވާކަމުން މިކަމުގައި ވަރުގަދަ ސައްޙަ ދަލީލު ތަކެއް އައިސްފައިނުވާ ކަމަށެވެ.

ޝެއިޚް ޝަމީމް ވިދާޅުވީ އޮޅުމަކުން ނުވަތަ ނޭނގުމުގެ ތެރޭގައި ކިނބޫ މަސް ނުވަތަ ކިނބުލުގެ ބިސް ކެވުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.