އެކުވެރިވެ މަޢާފު ކޮށްގެން ނޫނީ ޤައުމު އިތުރަށް ކުރިޔަށް ގެންދެވެން ނެތް ކަމަށް ޢަދާޅަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ 7 އަދި 8 ގައި ހިނގާފައިވާ ޙާދިސާ ތަކަށް އަލިއަޅުއްވާ ލައްވައި ޝެއިޚް އިމްރާން ވިދާޅުވީ، އެ ދުވަސްވަރު ރާއްޖެ އަށް ކުރިމަތިވީ ނުރައްކާތެރި ހިތާމަވެރި ހާލަތެއް ކަމަށެވެ.
އެހެން ނަމަވެސް އެއްބަޔަކު އަނެއްބަޔަކަށް މާފުކޮށް އެކުވެރިވެގެން ނޫނީ ދެން އިތުރަށް ޤައުމު ކުރިޔަށް ގެންދެވެން ނެތް ކަމަށް އަދާލަތު ޕަޓީގެ ރައީސް ވިދާޅުވިއެވެ.
ޝެއިޚް ޢިމްރާން މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވާއިރު، އެއްބަޔަކު އަނެއްބަޔަކަށް ބާޣީންގެ ލަޤަބުދީގެން ހުތުރު ބަސްތަކުން މުޚާތަބު ކުރަމުން ގެންދިޔަ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު އެމްޑީޕީން ވަނީ އެއްބަޔަކު އަނެއްބަޔަކަށް މަޢާފުކޮށް އެކުވެރިވެ ޤާނޫނު އަސާސީ ޙިމާޔަތް ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެހެން ކަމުން އެއްބަޔަކު އަނެއްބަޔަކަށް ބާޣީންގެ ނަމުން ކުރިން މުޚާތަބުކުރި މި ޕާޓީތަކުގެ ފަސްބައިގައި ޖެހިފައިވާ ބާޣީގެ ލައްގަނޑުވެސް މިހާރު މުޅިން ސާފުވެފައި ވީނަމަވެސް ޤާނޫނު އަސާސީ ޙިމާޔަތް ކުރުމުގައި ގުޅިގެން ކުރިޔަށް ދިޔުމަށް އަލަށް ސޮއިކުރި އެއްބަސްވުމުގައި އެއްބަޔަކު އަނެއްބަޔަކަށް ބާޣީއަށް ނުގޮވުމަށް އެއްވެސް މާއްދާއެއްގައި ބުނެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...