އިސްލާމިކް ސްޓޭޓްގެ ނަމުގައި ޚިލާފަތެއް އިޢުލާނު ކޮށްގެން އުޅޭ އައިސިސް އަކީ އިސްލާމް ދީނުގެ ތަސައްވުރު ހުތުރުކުރާ ޖަމާޢަތެއް ކަމުގައި ޖިހާދުގެ މައިދާނުގައި ޙަރަކާތްތެރިވާ މަޝްހޫރު ޢިލްމުވެރިޔާ އަދި ލިޔުންތެރިޔާ ޝެއިޚް މަޤްދިސީ ވިދާޅު ވެއްޖެ އެވެ.
ޢުރުދުންގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ސުންނީ މުސްލިމުން ޖިހާދު ކުރުމަސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބާރުއެޅުއްވުމުގެ އިތުރުން ޢުރުދުންގެ ސަލާމަތަށް ގެއްލުންވާ ގޮތަށް ހަނގުރާމަވެރިން ތަމްރީނުކުރަން އެހީތެރި ވުމުގެ ކުށުގައި 5 އަހަރު ވަންދެން ޖަލުބަންދުގައި ހުރުމަށްފަހު މިނިވަން ވުމާއި އެކު ޝެއިޚް ވަނީ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ އައިސިސް އަކީ އިތުބާރު ކުރަން ހެޔޮވާ ވަރުގެ ބައެއް ނޫން ކަމަށާއި، އެއީ މުސްލިމުންގެ ތަސައްވުރު ހުތުރު ކުރަމުން އަންނަ ދޮގުވެރި ޖަމާޢަތެއް ކަމަށެވެ.
އައިސިސް އާއި ދެކޮޅަށް އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭބޭފުޅުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިއީ އެ ޖަމާޢަތާއި ދެކޮޅަށް މިހާ ފާޅުކަން ބޮޑުބޮޑު ގޮތެއްގައި މީޑިޔާގައި އިސްލާމީ ޢިލްމުވެރިޔަކު ޚިޔާލުފާޅުކުރެއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...