ރާއްޖޭގެ ޚަބަރު ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ސަލީމު ޢައްޔަނު ކުރަން ހުށަހަޅައިފި

ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ސަލީމު ޢައްޔަނު ކުރަން ހުށަހަޅައިފި

ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ސަލީމު ޢައްޔަނު ކުރަން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި، މާފަންނު މާހުރާ އަޙްމަދު ސަލީމްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އަޙްމަދު ސަލީމްގެ ނަންފުޅު ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދަށް ފޮނުއްވި ސިޓީފުޅުގައި، އަޙްމަދު ސަލީމް ސަފީރުކަމަށް ހަމަޖެއްސެވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި، އެމަޖިލީހުން ނިންމަވާގޮތް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ސަލީމަކީ މީގެ ކުރިން ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.