ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ފަރަންސޭސި ވިލާތުގެ ޤާނޫނު ހަދާމަޖިލީހުން ފާސްކޮށްފިއެވެ.
ރޭ ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ބައްދަލުވުމުން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ފަރަންސޭސި ސަރުކާރަށް ބާރުއެޅުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފައި ވަނީ 339 މެންބަރުންގެ ވޯޓާއި އެކުގައެވެ.
މިކަމަށް ދެކޮޅު ހަދައި މަޖިލީހުގައި ވޯޓުދިނީ އެންމެ 151 މެންބަރުންނެވެ.
ފަރަންސޭސި ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކުރުމާއި އެކު އިޒްރޭލުގެ ޓެރަރިސްޓު ދައުލަތުން ވަނީ މިކަން ކުއްވެރި ކޮށްފައެވެ.
އިޒްރޭލުގެ ޓެރަރިސްޓް ދައުލަތުން ވަނީ މިކަން ފާސްކުރިޔަ ނުދިނުމަށް ފަރަންސެސި ވިލާތުގައި ޙަރަކާތްތެރިވާ ޔަހޫދީ ޖަމާޢަތް ތަކާއި މަޖިލިސް މެންބަރުންނަށް ގޮވާލާފައެވެ.
އަދި މިކަމާ ދެކޮޅު ހެދުމަށް ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ހައެއްކަ ޔަހޫދީ ޓެރަރިސްޓުން ވަނީ ވޯޓު ނަގަމުން ދިޔަ ވަގުތު ފަރަންސޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މުޒާހަރާވެސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...