ރާއްޖޭގެ ޚަބަރު ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިންގެ މަޢުލޫމާތު ސިއްރުކުރާ ފަރާތްތަކަށް އިންޒާރެއް!

ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިންގެ މަޢުލޫމާތު ސިއްރުކުރާ ފަރާތްތަކަށް އިންޒާރެއް!

ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިންގެ މަޢުލޫމާތު ސިއްރުކުރާ ފަރާތްތަކަށް އިންޒާރެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަލުން ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިންގެ މަޢުލޫމާތު ސިއްރުކުރާ ފަރާތްތަކަށް ފުލުހުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ފުލުހުން ވިދާޅުވީ ޖަލުގައި ޙުކުމް ތަމްފީޒު ކުރަމުން ދަނިކޮށް ފިލާފައިވާ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ކ. މާލެ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް (23އ) އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26އ) ގެ މަޢުލޫމާތު އެނގިހުރެ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޙިއްޞާ ނުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން މި ދެމީހުންނާއި މެދު އިތުރަށް ސަމާލު ވުމަށްވެސް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަޙްމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

މި ދެމީހުން މާފުށީ ޖަލުން ފިލާފައިވާކަމުގެ މަޢުލޫމާތު މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެރޭ 20:30 ހާއިރު އެނގުމާއެކު އެ ދެމީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށާއި، މި މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ އެހީތެރިކަންވެސް ހޯދަމުން ގެންދާ ކަމަސް ފުލުހުން ވިދާޅުވިއެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވާފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.