ރާއްޖޭގެ ޚަބަރު ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްރު ކުރި" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެދޯނީ ގެ ޚަބަރެއްވޭތޯ ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން މަސައްކަތް ފަށައިފިއެވެ.

"އަސްރު ކުރި" ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ 2014 އޮކްޓޯބަރ 16 ވަނަ ދުވަހުގެ މެންދުރު ފަހު، ރ.އަތޮޅު އަލިފުށީ ހުޅަނގުން 75 މޭލު ބޭރުން ކަމަށް ކޯސްތްގާޑުން ވިދާޅުވެއެވެ.

މިދޯންޏަކީ ދިގުމިނުގައި 82 ފޫޓު ހުރި ގެގަނޑުގައި ނޫކުލަ އާއި ފެހިކުލައިގެ ދަވާދު ލާފައިވާ، އަދި ނޫކުލައިން ފަށް ދަމާފައިވާ ދޯންޏެއްކަމަށް ކޯސްޓްގާޑުން ހާމަކޮށްފައި ވެއެވެ.

މިދޯންޏާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަށާއި، މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް ނުވަތަ ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށް ކޯސްޓްގާޑުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.