ރާއްޖޭގެ ޚަބަރު ފުލުހުން ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްވޭ: ސީޕީ

ފުލުހުން ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްވޭ: ސީޕީ

ފުލުހުން ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްވޭ: ސީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުން ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙުޞައިން ވަޙީދު މިހެން ވިދާޅުވީ ރ. ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރު މަތީގައި ހުރި ޒުވާނަކު މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ފުލުހެއްގެ މަސައްކަތުން އޭނާ ސަލާމަތް ކުރުމުގައި އެހީތެރިވެދެއްވާފައިވާތީ ޕޮލިސް ކޯޕްރަލް މުޙައްމަދު އީމާންގެ އިންސާނީ ޚިދުމަތާއި ޤައުމީ ވާޖިބަށް ހިތްވަރު ދެއްވައި އޭނާގެ ޚިދުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

ކޮމިޝަނަރ ވިދާޅުވީ، ފުލުހަކު ފެނުމުން ރައްޔިތުންނަށް ރައްކާތެރިކަން މިއަދު އިޙްސާސްކުރެވެމުންދާ ކަމަށާއި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އަސާސް ކަން ހުރިހާ ފުލުހުންވެސް ޤަބޫލުކޮށް އެގޮތުގައި މަސައްކަތްކޮށްދިނުމަށް ހުރިހާ ފުލުހުންވެސް ތައްޔާރުގައި އަބަދުވެސް ތިބެން ޖެހޭނެކަމަށެވެ.

ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރުމަތީ ހުއްޓާ މޫދަށް ވެއްޓިފައި ވަނީ 26 އަހަރުގެ ޒުވާނެކެވެ. އޭނާ މޫދަށް ވެއްޓި އޮޔަވަރާއެކު ބޭރަށްދާ މަންޒަރު އެވަގުތު ދުވާފަރު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލްގައި ތިބި ފުލުހުންނަށް ފެނުމާއެކު ފުލުހުންގެ ވެހިކަލްގައި އިން ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން ވަނީ މޫދަށް ފުންމާލާ ފަތާފައިގޮސް ގެނބެމުން ދިޔަ ޒުވާނާ ސަލާމަތް ކުރުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިހާދިސާގައި މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ސަލާމަތްކުރި މީހާއަށް ލޮނު ބޮވިފައި ވުމުގެ ސަބަބުން ރ.ދުވާފަރު ސިއްޙީމަރުކަޒުގައި ވަނީ ފަރުވާދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.