ރާއްޖޭގެ ޚަބަރު ޢުމުރަށް ޖަލަށް ލާފައި ތިބި ނުރައްކާތެރި ބައެއް ކުއްވެރިންތަކެއް ޖަލުން ފިލައިފި

ޢުމުރަށް ޖަލަށް ލާފައި ތިބި ނުރައްކާތެރި ބައެއް ކުއްވެރިންތަކެއް ޖަލުން ފިލައިފި

ޢުމުރަށް ޖަލަށް ލާފައި ތިބި ނުރައްކާތެރި ބައެއް ކުއްވެރިންތަކެއް ޖަލުން ފިލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢުމުރަށް ޖަލަށް ލާފައި ތިބި ނުރައްކާތެރި ބައެއް ކުއްވެރިންތަކެއް މާފުށީ ޖަލުން ފިލާފައި ވާތީ ފުލުހުން އެމީހުން ހޯދަން ފަށައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ފުލުހުން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ ދެ ކުށްވެރިން ޖަލުން ފިލައިގެން ގޮސްފައިވާތީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާކަމަށެވެ.

ޖަލުގައި ޙުކުމް ތަމްފީޒު ކުރަމުން ދަނިކޮށް ފިލައިފާ ވުމާއި ގުޅިގެން ހޯދަމުން ދަނީ ކ. މާލެ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް (23އ) އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26އ) އެވެ.

މާފުށީ ޖަލުން ފިލުމާއި ގުޅިގެން ހޯދަމުންދާ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ހޯދަމުންދާ ފަރިޔާޝް އަޙްމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.

މި ދެމީހުން މާފުށީ ޖަލުން ފިލާފައިވާކަމުގެ މަޢުލޫމާތު މިރޭގެ 20:15 ހާއިރު ޕޮލިސް އިންޓަލިޖެންސަށް ލިބުމާ ގުޅިގެން އެ ދެމީހުން ޖަލުގައި ތިބިތޯ ބެލުމުގެ މަސައްކަތް މިރޭ 20:30 ހާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް މެދުވެރިކޮށް ފުލުހުން ވަނީ ކޮށްފައެވެ. އަދި އެ ދެމީހުން ފިލާފައި ވާތީ ހޯދައި ދިނުމަށް އެދި ރޭގެ ވަގުތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައެވެ.

މި ދެމީހުން ޖަލުން ފިލާފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.
ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.