ރާއްޖޭގެ ޚަބަރު ގެއްލިގެން ހޯދަމުންދިޔަ 16 އަހަރުގެ މަލްހާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ 16 އަހަރުގެ މަލްހާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ 16 އަހަރުގެ މަލްހާ ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގެއްލިގެން ހޯދަމުންދިޔަ 16 އަހަރުގެ މަލްހާ ފެނިއްޖެއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، ނިމިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުން ދިޔަ ފާޠިމަތު މަލްހާ ފެނިފައި ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން (އެފް.ސީ.ޕީ.ޑީ) ކުރަމުން ދިޔަ މަސައްކަތުން އިއްޔެ ހަވީރު 17:20 ހާއިރު ހުޅުމާލެ ފެރީ ޓާރމިނަލް ތެރެއިން ކަމަށެވެ.

ފާޠިމަތު މަލްހާ ހޯދުމަށް އެފް.ސީ.ޕީ.ޑީ ން ކުރަމުން ދިޔަ މަސައްކަތުގައި މާލެ ސިޓީ ޕޮލިސް އާއި ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބައެއް ތަންތަން ކޯޓު އަމުރުގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ޤާއިމް ކޮށްފައިވާ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގައި ފާޠިމަތު މަލްހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ފާތިމަތު މަލްހާ ފެނުނު އިރު އޭނަގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފަހަކަށް އައިސް ފުރާވަރުގެ އަންހެން ކުދިން ޢާއިލާއަށް ފިލައިގެން ދާ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރެވޭ މިންވަރު ވަނީ އިތުރު ވެފައެވެ. މިކަން މިގޮތަށް ވަނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނާއި ސްކޫލު ތަކުން ވަރަށް ބޮޑަށް އިހުމާލު ވުމުން ކަމުގައި ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.