ރާއްޖެ ތަމްސީލު ކުރައްވައި އދ.ގެ އާންމު ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަން ވަނީ ރައީސް ޑރ ވަޙީދާއި ރައީސް އޮފީހުން ވެސް ކަށަވަރު ކޮށްދެއްވާފައެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ ގެ ޢާއްމު މަޖިލީހުގައި ރައްޖެ ތަމްސީލު ކުރައްވާ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ރައީސް ޔާމީން އެމަނިކުފާނު ހަމަޖައްސަވާފައި ވާތީ އދގެ ޢާއްމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ނިއުޔޯކަށް ފުރާވަޑައިގެންފައި ވާކަމަށެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، އ.ދ.ގެ 69 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާއަށް ފުރާވަޑައިގެންފައި ވާކަމަށެވެ.
ރައީސް ވަހީދުގެ މިދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން، އ.ދ.ގެ 69 ވަނަ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޙްލޫފު ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...