ރާއްޖޭގެ ޚަބަރު ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫގައި ޙައްޖު ފޯރަމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ނޫރުލްއިސްލާމް ޙައްޖު ފޯރަމް 1433 ގެ ތެރެއިން

ނޫރުލްއިސްލާމް ޙައްޖު ފޯރަމް 1433 ގެ ތެރެއިން

އިސްލާމް ދީނުގެ ޞައްޙަ ތަޢުލީމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫރުލްއިސްލާމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1435 ވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙައްޖު ފޯރަމް 1435 ނަމުގައި އެއް ދުވަހުގެ ޢިލްމީ ކޯހެއް ހިންގުމަށް އެޖަމްޢިއްޔާއިން ނިންމައިފިއެވެ.

އައްޑޫ އިން މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ހިލޭ ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިއަހަރު ޙައްޖަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް -/150 ރުފިޔާގެ ފީއަކާއެކު ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މިއަހަރު ޙައްޖަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެފުރަތަމަ ނަންނޯޓު ކުރައްވާ 25 ފަރާތަށްވެސް ކޯސްފީ ހިލޭ ދޭގޮތަށް ނޫރުލްއިސްލާމުން ވަނީ ހަމަޖައްސަވާފައެވެ.

ސެޕްޓެމްބަރ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައި ދެއްވާނީ، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޞިއްދީޤާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ޢަފީފާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަމްޢޫންގެ އިތުރުން ނޫރުލްއިސްލާމްގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު އަނީލް އެވެ. މި ބޭފުޅުންނަކީ ޙައްޖާޖީންނަށް އިރުޝާދު ދެއްވުމުގައި 6 އަހަރަށްވުރެ ގިނަ ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންތަކެކެވެ.

މިކޯހުގައި ޙައްޖުވެރިން ޙައްޖަށް ފުރުމުގެ ކުރިން ފެށިގެން، ޙައްޖަށް ރާއްޖެއިން ފުރުމާއި، އެނބުރި ރާއްޖެ އައުމާއި ދެމެދު ކުރަންޖެހޭ ހުރިހާ ކަމެއް ތަފްޞީލުކޮށް ކިޔައިދެވި، ޢަމަލީ ގޮތުން ކަންތައް ކުރާނެ ގޮތް ދަސްކޮށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2014 ސެޕްޓެމްބަރ 1 ގެ ކުރިން ނަންނޯޓު ކުރެއްވުމަށް 7676446 ނޫރުލްއިސްލާމުން އެދެއެވެ.

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.