ލިޔުނީ: ޞައްފާޙު މުޙައްމަދު
ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ލޯތްބާއި ޤަދަރު ލިބިވަޑައިގެންފައިވާ އަދި ފަހަކަށް އައިސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް އަމިއްލަފުޅަށް ކުރައްވަމުން ގެންދަވާ އައްޝޭޚް އިބްރާހިމް ފަރީދުގެ މައްޗަށް ދައުލަތުން ކުރައްވާ "ހުއްދަ ނެތި ދީނީ ނަސޭޙަތް ދިނުމުގެ" ދައުވާގެ އަޑުއެހުން އެއް އަހަރާއި ދެ މަސް ދުވަސް ފަހުން އަނެއްކާ މިއަދު ކްރިމިނަލްް ކޯޓުގައި ފަށާފިއެވެ. މި ދައުވާގެ އަޑުއެހުން އެންމެ ފަހުން ބާއްވާފައިވަނީ 21 އޮކްޓޯބަރ 2009 ގައެވެ.
މިއީ ކުރީ ސަރުކާރުގައި ޝޭޚްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ. ޝޭޚްއަށް އަލުން ދީނީ ނަސޭޙަތް ދިނުމުގެ ހުއްދަ ދެއްވާފައިވަނީ މި ސަރުކާރު ވެރިކަމަށް އައިސް މާގިނަ ދުވަސް ތަކެއް ނުވަނީސްއެވެ. މާތްﷲ ޝޭޚް އަށް ކެތްތެރިކަން ދެއްވާ، އަދި ޝޭޚްގެ މައްޗަށް މި ދައުވާ ކުރާ ދައުލަތުގެ މުއައްސަސާތަކަށް ހެޔޮ ވިސްނުންދެއްވާށީ! އާމީން. އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަނޑުމެން އިލްތިމާސް ކުރަނީ މި މައްސަލަ ޝޭޚްގެ މައްޗަށް ސާބިތުވިޔަސް، މަނިކުފާނަށް ލިބިވަޑައިގެންފައިވާ އަދަބު ލުއިކޮށްދެއްވުމުގެ އިމްތިޔާޒުގެ ބޭނުން ހިއްޕަވައިގެން ޝޭޚްގެ އަދަބު ލުއިކޮށްދެއްވުމެވެ.
.

ކޮމެންޓް (0)
ލޯޑް ކުރަމުން...