“މީހުންނާ މުޢާމަލާތްކުރުން” މިނަމުގައި ބާއްވާ “ސަލަފް ޓޯކް” މިރޭ ލައިވް ކުރަން ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ހާމަކުރިގޮތުގައި މިރޭ ބާއްވާ ސަލަފްޓޯކް "ދިއިސްލާމް" އޮންލައިންކޮށް ވެބްކާސްޓް ކުރާނެ ކަމަށާއި ސަލަފްޓޯކް އޮންނާނީ މިރޭ 9 ޖަހާއިރު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ކަމަށެވެ.
“މީހުންނާ މުޢާމަލާތްކުރުން” މި މައުޟޫއަށް ކުރިއަށް ގެންދާ މި އިވެންޓުގައި މަޢުލޫމާތު ދެއްވާނީމުހައްމަދު ނަޒީފްގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވެސް ބައިވެރިވާނެކަމަށެވެ.
މި އިވެންޓުގައި ވީހާވެސް ގިނަ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތިމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...