މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލަށް ގަދަ ވަޔާއި ބާރު ގުގުރުމާއި ވިދުވަރާއި އެކު ކުރަމުންދާ ވިއްސާރައިގައި ޔަހޫދީންގެ އެތައް ބަޔަކު ބިރުގަންނުވާލައި ގިނަ ސަރަޙައްދު ތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުން ތަކެއް ލިބެމުން އެބަދެއެވެ. މުސްލިމުންގެ ބިންތައް ނުޙައްޤުން ފޭރިގެން ތިބި ޔަހޫދީންނަށް މިހާރު ކުރިމަތި ވެގެން އުޅޭ ވިއްސާރައިގެ ތޫފާނުގައި، އިޒްރޭލުގެ އީލާތުން ފެށިގެން ކަޅު ކަނޑާއި ދެމެދުވާ ހުރިހާ ސަރަޙައްދެއްގައި ފެންބޮޑުވެ، ކިސަޑު ހެދި ބޮޑެތި ގެއްލުން ތަކެއް ލިބެމުން ދާއިރު ޔަހޫދީ ސިފައިން ވަނީ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކޮށްގެން ރައްކާތެރި ސަރަޙައްދު ތަކަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އިޒްރޭލުގެ ގަލީލީ ކަނޑު ވެސް މި ވިއްސާރައިގައި މިހާތަނަށް ވެހުނު ވާރޭ ފެނުގެ ސަބަބުން އިންޗިއަކަށް އުފުލިފައި ވާކަމަށް އިޒްރޭލުގެ މީޑިޔާ ތަކުން ވަނީ ބުނެފައެވެ. އިޒްރޭލަށް މިހާޜު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މަތީ ފަންތީގެ ވާހަކަ ތަކެއް ބޭއްވުމަށް އެ ޤައުމަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުގެ ދަތުރުވެސް ވަނީ ކެންސަލް ކޮށްފައެވެ. ޔަހޫދީ އިޒްރޭލަށް ވިއްސާރައިގެ ނުރައްކަލާ ކުރިމަތި ލާން ޖެހިފައި ވާއިރު، އެމީހުންނަކީ ރަޙުމެއް ޙަމްދަރުދީއެއް ނެތި ފަލަސްޠީނުގެ ތުއްތު ކުދިންނާއި ޅަދަރި މައިންނާއި މުސްކުޅިންނާއި ޒުވާނުން ވެސް ބޯ ވިއްސާރައިގައި އެމީހުންގެ ގެދޮރުން ނެރެލައި އަނިޔާކޮށް ހަދާފައިވާ އަނިޔާވެރިން ދިރިއުޅޭ ތަނެކެވެ. މިބައި މީހުންނަކީ ދުނިޔޭގެ އެއްވެސް ހަމައެއް ލަމައެއް ޤަބޫލުކުރާ ބަޔަކަށް ނުވެއެވެ.
ބާރުގަދަ ކޮޅިގަނޑަކުން ޔަހޫދީން ބިރުގަންނުވާލައިފި
ކިޔާލަން ހޭދަވާނީ އެއް މިނިޓް
ފޮންޓް ސައިޒް
މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން
ފަހުގެ
- ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ
- ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ”ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ
- ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ
- ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ
- ނޫރުލް އަޛާންގައި ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައި
- ރަމަޟާން މަހުން ފެށިގެން އަވަސް އެޕުން ޒަކާތް ދެއްކޭނެ
- ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރައިފި
- ޒަކާތު ފަންޑު ބަލަހައްޓަން އެމްއެމްއޭ ބައިވެރިވުމަކީ އިތުބާރު ދެމެހެއްޓޭނެ ކަމެއް: ވަޒީރު ޝަހީމް
ލިޔުމާއި ގުޅޭ
ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ”ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ
ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ
ލިޔުމާއި ގުޅޭ
ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ”ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ
ކޮމެންޓް (0)
ލޯޑް ކުރަމުން...