ރާއްޖޭގެ ޚަބަރު އަރަބިއްޔާގައި އުޅެނީ އަތޮޅުތެރޭގެ ކުދިން އެކަނި ނޫންކަން ސަރަނގު އާދަނިކަށް ބެލެނިވެރިން ސާބިތުކޮށްދީފި

އަރަބިއްޔާގައި އުޅެނީ އަތޮޅުތެރޭގެ ކުދިން އެކަނި ނޫންކަން ސަރަނގު އާދަނިކަށް ބެލެނިވެރިން ސާބިތުކޮށްދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން

އަރަބިއްޔާގައި އުޅެނީ އަތޮޅުތެރޭގެ ކުދިން އެކަނި ނޫންކަން ސަރަނގު އާދަނިކަށް ބެލެނިވެރިން ސާބިތުކޮށްދީފިއެވެ.

އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން މިކަން ސާބިތު ކޮށްދީފައިވަނީ ސަނރަގު އާދަމް މަނިކު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާއިރު މާލޭގެ ބެލެނިވެރި ރައްޔިތުންގެ އަބުރަށް ކުޑައިމީސް ވާގޮތަށް ވާހަކަ ދައްކާފައިވާތީ އެވެ. މިކަން ކުށްވެރިކޮށް އަދި އެކަން ސަރަނގު އާދަން މަނިކަށާއި ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ނެރުނު ބަޔާނުގައި މާލޭގެ ރަޖިސްޓްރީގައި ތިބި ކުދިންގެ ނިސްބަތް ތަފްސީލުކޮށް ބަޔާން ކޮށްފައިވެއެވެ.

އަރައްބިއްޔާ ބެލެނިވެރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރަބިއްޔާގައި ކިޔަވާ މާލޭ ރައްޔިތުންގެ ނިސްބަތަކީ " ގްރޭޑް 1 ގައި މާލޭ މީހުންގެ ދަރިންގެ ނިސްބަތް %62 އިން ސައްތަ-    ގްރޭޑް 2 ގައި މާލޭ މީހުންގެ ދަރިންގެ ނިސްބަތް %52 އިން ސައްތަ-    ގްރޭޑް 3 ގައި މާލޭ މީހުންގެ ދަރިންގެ ނިސްބަތް % 48 އިން ސައްތަ-    ގްރޭޑް 4 ގައި މާލޭ މީހުންގެ ނިސްބަތް % 55 އިން ސައްތަ-    ގްރޭޑް 5 ގައި މާލޭ މީހުންގެ ނިސްބަތް % 41 އިން ސައްތަ-    ގްރޭޑް 6ގައި މާލޭ މީހުންގެ ނިސްބަތް % 61 އިން ސައްތަ" ކަމަށެވެ. އަދި "މަތީގައި ދަނަވާލެވިފައިވާ ހިސާބުތަކަކީ އޭގައި އެއްވެސް މައްސަލައެއް ނޫޅޭނެ ސީދާސީދާ ހިސާބުތަކެވެ. ވީމާ މި ނިސްބަތުން އަރަބިއްޔާގައި ގިނައީ މާލޭމީހުންގެ ދަރިންކަމުގައި ދިވެހިރައްޔިތުންނަށް އަޅުގަނޑުމެން އަންގަން ބޭނުން: ކަމަށެވެ.

އަރަބިއްޔާގެ ބެލިވެރިން މިފަދަ މޭރުމަކުން 'މާލޭ ކުދިންގެ ނިސްބަތް' އާންމުކޮށްފައިމިވަނީ އަރަބިއްޔާ ސުކޫލަކީ އަތޮޅު ތެރޭގެ މަދު ކުދިންކޮޅެއް އުޅޭ ސުކޫލެއްގެ ގޮތުގައި ސިފަކޮށް އަރަބިއްޔާއަކީ މާލެއަށް ބޭނުން ސުކޫލެއް ނޫންކަމަށް ދޭހަވާ ގޮތަކަށް ސަރަނގު އާދަމް މަނިކު ވާހަކަ ދައްކާފައިވާތީއެވެ.

ޓެގް

އަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.