ރާއްޖޭގެ ޚަބަރު ސަލަފް ޓޯކް އަންނަ ބުރާސްފަތި ދުވަހުގެ ރޭ

ސަލަފް ޓޯކް އަންނަ ބުރާސްފަތި ދުވަހުގެ ރޭ

ސަލަފް ޓޯކް އަންނަ ބުރާސްފަތި ދުވަހުގެ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވާ "ސަލަފް ޓޯކް" މިއަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެކަމަށް އެޖަމްޢިއްޔާގެ ވެބްސައިޓުގައި ހާމަކޮށްފިއެވެ.

މަހަކު މަދުވެގެން 2 ފަހަރު ބާއްވާ މި އިވެންޓުގައި މިފަހަރު ހަމަޖެހިފައިވާ މައުޟޫއަކީ "ފިކުރީ ހަނގުރާމަ" ކަމަށާއި މި މައުޟޫއުގެ ދަށުން ސިލްސިލާކޮށް ގިނަ ދަރުސްތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިފަހްތާގެ "ފިކުރީ ހަނގުރާމަ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިލާހަކު ވޮޑިގެން ވުމާއިބެހޭގޮތުންކަމަށް ބުނެފައިވެއެވެ.

"ފިކުރީ ހަނގުރާމަ" މި މައުޟޫއަށް ކުރިއަށް ގެންދާ މި އިވެންޓުގައި މަޢުލޫމާތު ދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އެވެ.

އޭޕްރީލް 03 ވާ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ބާއްވާ މި އިވެންޓުގައި ވީހާވެސް ގިނަ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތިމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.